- މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާގެ ކިބައިން ރިވާވެގެން ވެއެވެ. ﷲ ގެ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. دعوة المرء المسلم لأخيه بظهر الغيب مستجابة، عند رأسه ملك موكل كلما دعا لأخيه بخير قال الملك الموكل به: آمين، ولك بمثل މާނައީ: މުސްލިމް މީހާ އޭނާގެ އަޚާގެ މައްޗަށް އެމީހެއްގެ ޣައިބުގައި ކުރާ (ހެޔޮ) ދުޢާ އިޖާބަވެގެންވެއެވެ. އޭނާގެ ބޮލުގެ ކައިރީގައި ވަކީލުކުރެވިފައިވާ މަލާއިކަތް ބޭކަލެއް ވެއެވެ. އޭނާ އޭނާާގެ އަޚާއަށް ހެޔޮދުޢާ ކުރާ ކޮންމެ ފަހަރަކު ވަކީލުކަން ހަވާލުކުރެވިފައިވާ މަލާއިކަތާ ދަންނަވައެވެ. އާމީންއެވެ. އަދި ތިބާއަށް ވެސް އެ ފަދައިން ދެއްވާށެވެ (( ރިވާކުރެއްވީ: މުސްލިމް )) ----------------- އަދި މިޙަދީޘްފުޅުން އަންގާދެނީ މުސްލިމަކު އޭނާގެ މުސްލިމް އަޚާގެ މައްޗަށް އެމީހެއްގެ ޣައިބުގައި ކުރާ ދުޢާގެ މާތްކަމެވެ. އެމީހާކު ދުޢާ ކުރީ މުސްލިމުންގެ ތެރެއިން ބައިގަނޑަކަށް ވީނަމަވެސް މިކަން ޙާޞިލު ވެގެންދާނެއެވެ. އަދި ހަމައެއާއެކު، ޖުމްލަގޮތެއްގައި މުސްލިމުންނަށް ދުޢާ ކޮށްފިކަމުގައިވީ ނަމަވެސް މެއެވެ. ޞަލަފުންގެ ބައެއް ބޭކަލުން އެބޭކަލުންގެ އަމިއްލަ ނަފްސަށް ދުޢާ ކުރަ...
Dedicated to spread the knowledge of Islam throughout the world. It contains English, Dhivehi and Arabic sources. May Allah عز وجل accept our efforts in this Dawah and bless whoever contributes in it.