Skip to main content

ސަލަފުންގެ ބޭކަލުން އެބޭކަލުންގެ ނަފްސަށް ކަމެއް އެދިވަޑައިގެންފިނަމަ ދުޢާ ކުރަނީ މިހެން..

-

މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާގެ ކިބައިން ރިވާވެގެން ވެއެވެ. ﷲ ގެ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

‏دعوة المرء المسلم لأخيه بظهر الغيب مستجابة، عند رأسه ملك موكل كلما دعا لأخيه بخير قال الملك الموكل به‏:‏ آمين، ولك بمثل‏


މާނައީ: 

މުސްލިމް މީހާ އޭނާގެ އަޚާގެ މައްޗަށް އެމީހެއްގެ ޣައިބުގައި ކުރާ (ހެޔޮ) ދުޢާ އިޖާބަވެގެންވެއެވެ. އޭނާގެ ބޮލުގެ ކައިރީގައި ވަކީލުކުރެވިފައިވާ މަލާއިކަތް ބޭކަލެއް ވެއެވެ. އޭނާ އޭނާާގެ އަޚާއަށް ހެޔޮދުޢާ ކުރާ ކޮންމެ ފަހަރަކު ވަކީލުކަން ހަވާލުކުރެވިފައިވާ މަލާއިކަތާ ދަންނަވައެވެ. އާމީންއެވެ. އަދި ތިބާއަށް ވެސް އެ ފަދައިން ދެއްވާށެވެ 

(( ރިވާކުރެއްވީ: މުސްލިމް ))

-----------------

އަދި މިޙަދީޘްފުޅުން އަންގާދެނީ މުސްލިމަކު އޭނާގެ މުސްލިމް އަޚާގެ މައްޗަށް އެމީހެއްގެ ޣައިބުގައި ކުރާ ދުޢާގެ މާތްކަމެވެ. އެމީހާކު ދުޢާ ކުރީ މުސްލިމުންގެ ތެރެއިން ބައިގަނޑަކަށް ވީނަމަވެސް މިކަން ޙާޞިލު ވެގެންދާނެއެވެ. އަދި ހަމައެއާއެކު، ޖުމްލަގޮތެއްގައި މުސްލިމުންނަށް ދުޢާ ކޮށްފިކަމުގައިވީ ނަމަވެސް މެއެވެ. ޞަލަފުންގެ ބައެއް ބޭކަލުން އެބޭކަލުންގެ އަމިއްލަ ނަފްސަށް ދުޢާ ކުރައްވަން އެދިވަޑައިގެންފިނަމަ، އެބޭކަލެއްގެ އަޚާގެ މައްޗަށް އެދުޢާ ކުރައްވައެވެ. އެހެނީ، އެ ދުޢާ އިޖާބަކުރެއްވޭނެެއެވެ. އަދި ދުޢާ ކުރާ މީހާއަށްވެސް އެކަން ޙާޞިލު ވެގެންދާނެއެވެ.

(ޝަރްޙް ޞަޙީޙް މުސްލިމް )



Comments

Popular posts from this blog

My Friends Binge-Watch Movies - Part I

This is a very important message for the youth of this Ummah!  By our dear Sheikh, Dr. Eyad Qunaibi. Turn on the captions for English Subtitles.  Youtube Link: https://www.youtube.com/watch?v=F-kcuneyPfM