Skip to main content

ވަޅަށް ވެއްޓުނު މީހާގެ ވާހަކަ


މީހަކު ވަޅަކަށް ވެއްޓުނެވެ. އެވަގުތު އޭނާ ސަލާމަތަށް އެދި ހަޅޭއްލަވާ ގޮވަންފެށިއެވެ. އެ އަޑު އިވުމާއެކު،  މިސްކިތުގައި ނަމާދުކުރަން ތިބި މީހުން ނަމާދު ދޫކޮށްލުމަށްފަހު، އެމީހާ ވަޅުން ނަގައި، ސަލާމަތް ކުރުމަށްޓަކައި މިސްކިތުން ނިކުމެގެން ދިޔައެވެ. އަދި ސަލާމަތް ކުރިއެވެ. 


ވަޅަށް ވެއްޓުނު މީހާ ސަލާމަތްކުރެވުމުން އެކަމުގެ އުފާ ފާޅުކުރަން ފެށިއެވެ. އެގޮތުން ކަދުރާއި ކޮފީ ގެނައެވެ. އެމީހުން ކޮފީ ބުއިމަށްފަހު އެމީހާއަށް ކަދުރަކާއި ކޮފީ ތައްޓެއް ދިއްކޮށްލިއެވެ. އޭނާވެސް ކޮފީތަށި ބުއިމަށްފަހު، ކަދުރު ކާލިއެވެ. 


އެއަށްފަހު، އެމީހުން އޭނާ އާއި ސުވާލުކުރިއެވެ. އޭމިވެނި އެވެނި މީހެކެވެ. ތިބާ ވަޅަށް ވެއްޓުނީ ކިހިނެއްހެއްޔެވެ؟ މިހެން ބުނުމާއިއެކު، އެމީހާ ތެދުވެ ކިޔައިދޭން ފެށިއެވެ. މިކަމުގެ ތެރޭގައި އޭނާ އަނެއްކާވެސް ވަޅަށް ވެއްޓުނެވެ. އަދި މަރުވިއެވެ..

................

މިވީ ކިހިނެއް ހެއްޔެވެ؟

ފަހެ، އޭނާގެ މައްޗަށް ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ރިޒްޤެއް ބާކީ އޮތީއެވެ. ކޮފީތައްޓަކާއި، ކަދުރެކެވެ. އެހެންކަމުން އެ ލިބިގަތުމަށްޓަކައި އޭނާ ވަޅުން ނެރެވުނީވެ. އަދި އެއަށްފަހު ﷲ ތަޢާލާ އޭނާގެ މައްޗަށް ލިޔުއްވާފައިވާ މަރާއި ބައްދަލުކުރުމަބައްދަލުކުރުމަށް އަނެއްކާވެސް އެނބުރި ދިޔައީއެވެ. މަރަކީ އެންމެ ހިނދުކޮޅަކަށް ވެސް އަވަސްކުރެވޭނެ އަދި ފަސްކުރެވޭނެ ވަގުތެއް ނޫނެވެ. 


ވިސްނާލާށެވެ. ފަހު ފަހަރުގައި, އެމީހާ މަރުނުވުން މާ ގާތް ނޫނެހެއްޔެވެ؟ އެހެނީ މީސްތަކުން އޭރު ތިބީ އޭނާ ވަށާލައިގެންނެވެ. ފުރަތަމަ ފަހަރު އޭނާ އާއި އެކުގައި އެއްވެސް މީހެއް ނެތެވެ. ނަމަވެސް އޭނާ މަރުވި ހެއްޔެވެ؟ ނޫނެކެވެ.

އޭނާ މަރުވީ ދެވަނަ ފަހަރު ވަޅަށް ވެއްޓުމާއި އެކުއެވެ. މީސްތަކުން ވަޅުގެ ތުންފަތް މަތީ ވަށާލައިގެން ތިއްބައެވެ. ސަބަބަކީ ދެވަނަ ފަހަރުގައި މަރުވުން ވަނީ އޭނާގެ މައްޗަށް ލިޔުއްވާފައެވެ. ފުރަތަމަ ފަހަރަކު ނޫނެވެ. 


ފަހެ، ޝައިޠާނާ އަހަރުމެން ބިރުގަންނުވައެވެ. އެތައް ކަމަކަށް ވާޞިލުވިޔަ ނުދީ ބިރުގަންނުވައެވެ. އެ ކަންކަމުން އަހަރުމެންނަށްވާ ހެވާއި މަޞްލަޙަތު ލިބިގަތުމުން މަނާކުރުމަށްޓަކައެވެ. 


(إِنَّمَا ذَٰلِكُمُ ٱلشَّيْطَٰنُ يُخَوِّفُ أَوْلِيَآءَهُۥ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ) آل عمران ١٧٥ 


މާނައީ: ހަމަކަށަވަރުން، އެއީ، ހަމަ شيطان އާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިން ދެކެ (ތިޔަބައިމީހުން) ބިރުގަންނަވަނީއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރުނުގަންނާށެވެ! އަދި، ތިޔަބައިމީހުން، مؤمن ން ކަމުގައިވާނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ 




(من محاضرة الشيخ محمد الحضيري)

Comments