Skip to main content

Importance of relying of Allah - ﷲ ތަޢާލާގެ ޙަޟްރަތުން ވާތްގަށް އެދުން

-


 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އީމާނުގެ އަހުލުވެރިންނަށް ހެޔޮ ޢަމަލުކުރުން ގިނަކުރުމަށާއި އެމީހަކަށް ކުޅަދާނަވީ  ވަރަކުން ނުބައި ޢަމަލުތަކާއި ފާފަތަކުން ދުރުވުމަށް މަސައްކަތްކުރުމަށް ބާރުއަޅުއްވައިފައެވެ. އެހެނީ ހެޔޮ ޢަމަލުކުރުމުގެ ސަބަބުން އިންސާނާގެ އީމާންތެރިކަން ވަރުގަދަވެގެންދާ ހުއްޓެވެ. އަދި ފާފައެއް ކުރާ ހިނދުގައި އެ އިންސާނާގެ އީމާންތެރިކަން ދަށްވެގެން ދާ ހުއްޓެވެ. އެ އިންސާނާ އަކީ ކިތަންމެ ހަށިގަނޑު ވަރުގަދަވެފައި ބާރުހުރި މީހެއްކަމުގައި ވީހިނދުގަ ވެސްމެއެވެ. މިޙާލަތުގައި ﷲ ތަޢާލާ އޭނާއަށް ހަށިގަނޑުގެ ވަރުގަދަކަން ދެއްވާފައި ވީނަމަވެސް އެކަން ވެގެންދާނީ ހަމައެކަނި އެނާގެ ބަރުދަނަށެވެ.  ވަޔާއެކު ކޮޅު ކޮޅަށް ވިހުރެމުންދާ ލުއި އިސްތައްޓެއް ފަދައިންނެވެ. 


އެހެން ކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރުގަދަ މުއުމިނާ އާއި ނިކަމެތި މުއުމިނާގެ ވާހަކަ ބަޔާންކުރުމާއި ވިދިގެން ޙަދީޘްކުރައްވާފައި ވެއެވެ. "اسْتَعِنْ باللَّهِ وَلا تَعْجَزْ" "ތިބާ ﷲގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ! އަދި ތިބާ ނުކުޅެދުންތެރި ނުވާށެވެ!". މިކަމުން އިޝާރާތްކޮށްދެނީ ވަރުގަދަވުމާއެކީ ޘާބިތުވުމާއި ނުކުޅެދުންތެރި ނުވުން ލާޒިމުކުރާ ކަމެވެ. އެހެނީ ބަލިކަށިވުމުގެ ސަބަބުން މީހާ ހެޔޮމަގުން އެއްކިބާވުމަށް މަގުފަހިވެގެންދެއެވެ.

الشيخ عبد العزيز الطريفي-فك الله اسره-

Comments

Popular posts from this blog

My Friends Binge-Watch Movies - Part I

This is a very important message for the youth of this Ummah!  By our dear Sheikh, Dr. Eyad Qunaibi. Turn on the captions for English Subtitles.  Youtube Link: https://www.youtube.com/watch?v=F-kcuneyPfM